Last Updated: June 12, 02:23
Thursday, June 11, 2026
ކުޅިވަރު

ހަނި މޮޅަކުން ލިވަޕޫލް ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ރޯމާ އަދި ލިވަޕޫލް ބައްދަލުކުރި މެޗުގެ ދެ ވަނަ ލެގު ރޯމާއިން ކާމިޔާބުކުރި ނަމަވެސް އެގްރިގޭޓުން މޮޅުވެ، ލިވަޕޫލް ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ރޯމާގެ ދަނޑުގައި ކުޅުނު މެޗު އެޓީމު ކާމިޔާބުކުރީ 2-4 އިންނެވެ. ފުރަތަމަ ލެގު 2-5 އިން ލިވަޕޫލް ކާމިޔާބުކުރުމާއެކު އެގްރިގޭޓު ނަތީޖާ 6-7 އިން ކުރި ލިބުނީ ލިވަޕޫލްއަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު މަނޭ ވަނީ ލިވަޕޫލަށް ލީޑު ނަގާ ދީފައެވެ. ނަމަވެސް އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން، މެޗުގެ 15 ވަނަ މިނެޓުގައި ލިވަޕޫލް ޑިފެންޑަރު ޖޭމްސް މިލްނާ އަތުން ބައިކޮޅަށް ވަން ގޯލަކުން ރޯމާ އެއްވަރުކުރިއެވެ.

ނަމަވެސް ލިވަޕޫލަށް އަނެއްކާވެސް ވައިނަލްޑަމް ވަނީ ލީޑު ނަގާ ދީފައެވެ. 2-1 އިން ކުރީގައި އޮވެ ލިވަޕޫލުން ހާފު ނިންމާލާފައިވާއިރު ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ޒެކޯވަނީ އަނެއްކާވެސް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ ފަހު މިނެޓު ތެރޭ ނައިންގޮލަން ދެ ލަނޑު ޖަހާފައިވި ނަމަވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި ރޯމާއަށް ޖެހުނީ ޗެމްޕިއަންސް ލީގު ދަތުރު ފަހު ހަތަރަކުން ނިންމާލާށެވެ.