Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

މައުމޫންގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

މައުމޫން ކޯޓަށް ހާޒިރު ކުރުމަށް ގެންނަނީ - ފޮޓޯ: މިހާރު (ހުސައިން ވަހީދު)

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފައިވާ މައުމޫންގެ ޝަރީއަތް ކެންސަލް ކުރީ ކޮން ސަބަބަކާ ލައިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުމޫންގެ އާއިލާއިން ވަނީ އެމަނިކުފާނުގެ ސިއްހީ ހާލު ރަނގަޅު ނޫން ކަން ހާމަކޮށްފައެވެ.

އިއްޔެ ޖަލުގައި މައުމޫންގެ އާއިލާގެ ބޭފުޅުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ފަހު ވިދާޅުވެފައިވަނީ މައުމޫންގެ ސިއްހީ ހާލު ދެރަވެފައިވާ ކަމަށް ބުނެފައިވެއެވެ. މައުމޫން ވަނީ މީގެ ކުރިން ޝަރީއަތުގެ އަޑުއެހުމުގައި އެމަނިކުފާނުގެ އުމުރުފުޅާއި ސިއްހަތަށް ރިއާޔަތްކޮށް، އިންސާނިއްޔަތު ކަމެއް ހުރި ނަމަ ގޭބަންދަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް ގާޒީ މައުމޫންގެ އެދިލެއްވުމަށް އިޖާބަ ދީފައިނުވާއިރު ޖަވާބުގައި ވިދާޅުވެފައިވަނީ މައުމޫންގެ ބަންދު ރިވިއުކުރެވޭނެ ޖާގައެއް ނެތް ކަމަށެވެ.