Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ޖެންޑާ މިނިސްޓަރ ޒެނީޝާގެ ކާރު އެކްސިޑެންޓުވެއްޖެ

ވިލިނގިލީގައި މިއަދު ހިނގި އެކްސިޑެންޓް. ފޮޓޯ މައިމޫން މުުހައްމަދު

ޖެންޑާރ މިނިސްޓަރު ޒެނީޝާ ޝަހީދު ދަތުރުކުރެއްވި ކާރެއް އެކްސިޑެންޓު ވެއްޖެއެވެ.

ގއ. ވިލިނގިލީ ގައި ހިނގި މި އެކްސިޑެންޓުގައި މިނިސްޓަރު ދަތުރުކުރެއްވި ކާރު ޖެހިފައިވަނީ ސައިކަލެއްގައެވެ. އެނގިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ޒެނީޝާ ސްޓޭޓް ހައުސްއަށް ވަޑައިގެންނެވި މަގުމަތީގައެވެ.

އެކްސިޑެންޓުގައި މިނިސްޓަރު ޒެނީޝާއަށް އަނިޔާއެއް ވެފައިނުވާއިރު، ސައިކަލު ދުއްވަން ހުރި އެ ރަށުގެ މުދިމަށް ވަނީ އަނިޔާވެފައެވެ.

އޭނާ އިތުރު ފަރުވާއަށް މިހާރު އެ ރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މުދިމަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވާ ކަމަށް ޚަބަރު ލިބިފައިވެއެވެ.