އުރީދޫއިން ވައިބާ އަށް ޚާއްސަ އާ ސްޓިކާ ޕެކެއް ތައާރަފްކޮށްފިއެވެ. "ފުޓުބޯޅަ ފޯރި" ގެ ނަމުގައި މިފަހަރު އުރީދޫން ނެރުނު ސްޓިކާ ޕެކުގައި ހިމެނެނީ ހުސް ފުޓުބޯޅައާ ބެހޭ ގޮވެލިތަކެކެވެ.
މީގެ ކުރިންވެސް އުރީދޫއިން ވައިބާ ސްޓިކާ ޕެކެއް ތައާރަފްކޮށްފައިވާއިރު އެފަހަރު އުރީދޫއިން ގެނެސްދިނީ "އޮލަ ވާހަކަ" ކިޔާ ދިވެހިންގެ މިޒާޖާ ގުޅޭ ސްޓިކާ ޕެކެކެވެ.
މިފަހަރު ފުޓުބޯޅައަށް ޚާއްސަ ސްޓިކާ ޕެކެއް އުރީދޫން އާންމުކޮށްފައި މިވަނީ ފުޓުބޯޅައިގެ ފޯރި ދިވެހިންގެ ތެރޭގައި އިތުރަށް ގަދަ ކުރުމުގެ ނިޔަތުގައެވެ.
ދިވެހި ލަފުޒުތައް ހިމެނޭ މި ސްޓިކާ ޕެކުގައި "ގޯލު"، "ހިނގާ ކުޅެން ދާން"، "ފައިބާ" ފަދަ ލަފުޒުތައް ހިމެނޭ ސްޓިކާތަކެއް ވަނީ ހިމަނާފާއެވެ.