Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ގުޅިފައިވާ އަވަށްތަކުން ދަންވަރު ކަރަންޓް ކެނޑިއްޖެ

އައްޑޫ ސިޓީ ފޭދޫގެ މަގެއް، އެކި ސަރަހައްދު ތަކުން ކަރަންޓް ކަނޑަމުން އަންނަ އިރު ރައްޔިތުން ތިބީ ކަނު އަނދިރީގައި، ފޮޓޯ: ނިއުޝާދު

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުގެ ބޮޑު ބަޔަކުން ދަންވަރު ކަރަންޓު ކެނޑިއްޖެއެވެ.

އައްޑޫގެ ގުޅިފައިވާ އަަވަށްތައް ކަމުގައިވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ކަރަންޓު ކެނޑުނު ބައެއް ހިސާބުތަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފައިވީ ނަމަވެސް ބައެއް ހިސާބުތަކުގައި ކަރަންޓެއް ނެތެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުގޭގެ ބައެއް ޖަނެރޭޓަރުތައް މިވަގުތު ހުރީ ނިވާލާފައެވެ. އެހެން ނަމަވެސް، އެއީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމެއް ނުވަތަ ލޯޑް މަތިވެގެން ކަމެއް ސާފެއް ނުވެއެވެ.

ފަހަކަށް އައިސް ދޭތެރެ ދޭތެރެއިން ގުޅިފައިވާ ރަށް ތަކުން އެއްފަހަރާއި ކަރަންޓް ކެނޑެއެވެ. އަދި އެގޮތަށް ކަރަންޓް ކެނޑެނީ އަލަށް 2 މެގަވޮޓްގެ ދެ ޖަނަރޭޓަރ އިންސްޓޯލް ކުރުމުންކަމަށް ފެނަކައިގެ އޮފިޝަލަކު ވަނީ ބުނެފައެވެ.