Last Updated: June 12, 02:23
Thursday, June 11, 2026
ކުޅިވަރު

އާސެނަލް ބަލިކޮށް އެތްލެޓިކޯ ފައިނަލަށް

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި އެތްލެޓިކޯ މެޑްރިޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ދެވަނަ ލެގު 0-1(1-2) އިން ކާމިޔާބުކޮށް އެތްލެޓިކޯ މެޑްރިޑް ފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެން ކައިރި ވެފައިވަނިކޮށް ފެނިގެންގޮސްފައިވަނީ ޑިއެގޯ ކޮސްޓާގެ ފަރާތުންނެވެ. އާސެނަލްއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ މި މެޗުގައި އެތްލެޓިކޯއިން ވަނީ ޑިފެންސު ވަރުގަދަ ކޮށްފައެވެ.

ސެމީގެ ދެވަނަ މެޗުގައި ރެޑްބުލް ސަލްޒްބާގް އާއި މާސޭ ބައްދަލުކުރި މެޗު 1-2 އިން ސަލްޒްބާގް ކާމިޔާބުކުރި ނަމަވެސް އެގްރިގޭޓުން 3-2 އިން މޮޅުވެގެން މާސޭވެސް ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައެވެ.