ލިވަޕޫލްގެ ކުރީގެ ތަރި، ސްޓީވެން ޖެރާޑް ސްކޮޓްލެންޑުގެ ފުޓުބޯޅަ ޓީމު، ރޭންޖާސްގެ އިސް ކޯޗުގެ މަގާމާއި ހަވާލުވާން އެއްބަސްވެއްޖެއެވެ.
ޖެރާޑް ވަނީ މީގެ ކުރިން ކުލަބުން އޭނާއާ ވާހަކަ ދައްކާފައިވާ ކަން ހާމަކޮށްފައެވެ. އަދި ޖަވާބެއް ދީފައިނުވާ ކަމަށް ޖެރާޑް ބުނި ނަމަވެސް އޭނާ ވަނީ ކޯޗުކަމުގެ މަގާމަށް ޝައުގުވެރިވާކަން ހާމަކޮށްފައެވެ.
ލަންޑަނުގައި ރޭންޖާސްގެ އިސް ބޭފުޅުންނާއި ބައްދަލުކުރުމަށް ފަހު ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ގާއިމް ވެފައިވާ ކަމަށް ޚަބަރު ފެތުރިފައިވެއެވެ. އަދި ތިން އަހަރުގެ އެއްބަސްވުމެއްގައި މިއަދު އޭނާ ސޮއި ކުރާނެ ކަމަށް އިނގިރޭސި މީޑިޔާތަކުގައި ވަނީ އަޑު ފެތުރިފައެވެ.
ޖެރާޑް ވަނީ ކުރިއަށް އޮތް ޓްރާންސްފާ ސީޒަނުގައި ރަނގަޅު ކުޅުންތެރިންތަކެއް ކުލަބަށް ގެނައުމަށް އެކަށޭނެ ބަޖެޓެއް ދިނުމަށް ޑިމާންޑުކޮށްފައެވެ. މަގާމާ ހަވާލުވާން އޭނާ އެއްބަސްވީ އެކަން ކޮށްދިނުމަށް ކުލަބުގެ ވެރިން އެއްބަސް ވުމުން ކަމަށް ބެލެވެއެވެ.