ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
މި އަހަރުގެ ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވާން ހުޅުވާލާފައިވާ އިރު މިދިޔަ އަހަރު ފަޤީރުންގެ ލިސްޓުގައި ހިމެނިފައިވާ މީހެ އްނަމަ އަލުން ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ރަޖިސްޓްރީން ވާން ހިތަދޫން ފޯމު ހުށަހަޅަން ޖެހޭނީ އައްޑޫ ކައުންސިލް އިދާރާގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށެވެ. ހުޅުމީދޫން ނަސްރިއްޔާ ޕްރީސްކޫލަށް ފޯމް ހުށައަޅަން ޖެހޭ އިރު މަރަދު އާއި މަރަދޫފޭދޫން ފޯމު ހުށަހަޅަން ޖެހެނީ ތަދުރީސުލް ޤުރްއާން ކްލާހަށެވެ.
ފޭދޫން ފޯމް ހުށައަޅާނީ ލޭންޑް އެންޑް ބިލްޑިންގް މުނިސިޕަލްޓީ ޑިޕާޓްމަންޓަށެވެ.
ފަގީރެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ބަލަނީ އާމްދަނީގެ ގޮތުގައި ދުވާލަކު 44ރ. ނުލިބޭ މީހުންނެވެ.
މިިދިޔަ އަހަރު ފަޤީރުންގެ ގޮތުގައި މުޅި ރާއްޖޭން 16،229 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.