އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ހޯވް އަލްބިއަން ބައްދަލުކުރި މެޗު 0-1 އިން ބްރައިޓަން ކާމިޔާބުކުރުމުން ޔުނައިޓެޑުގެ ކޯޗު، ޖޯސޭ މޮރީނިއޯ ރުޅިގަދަ ވެއްޖެއެވެ.
މެޗަށް ފަހު ދިން ޕްރެސް ކޮންފަރެންސުގައި މޮރީނިއޯގެ ރުޅިވެރިކަން އަމާޒުވެގެން ދިޔައީ ނޫސްވެރިންނާއި މީޑިޔާއަށެވެ. ސަބަބަކަށް ވީ މޮރީނިއޯގެ ޓީމް ނެގުމާމެދު ނޫސްވެރިން އަބަދު ސުވާލު ކުރާތީ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ރުޅި އަންނަނީ މީޑިޔާއަށް. އެއީ އަހަރެން ޓީމު ނެގުމުން ނޫސްވެރިން އަބަދު ސުވާލު ކުރޭ ވަކި ކުޅުންތެރިޔަކު ނެތީ ކީއްވެތޯ. އަބަދު ލުކާކޫ ނަގަނީ ކީއްވެތޯ. މިއަދު ފެނިއްޖެ ނޫންތޯ އަބަދު ލުކާކޫ ނަގާ ސަބަބު؟"
މޮރީނިއޯ ރުޅިވެރި ގޮތަކަށް ނޫސްވެރިންނާ ސުވާލު ކުރިއެވެ. އަނިޔާގެ ސަބަބުން ކުޅުމާއި ބައިވެރިނުވެވުނު ލުކާކޫ ނެތް ތަން ރޭގެ މެޗުން ދެއްކިއިރު އެލެކްސިސް ސަންޗެޒް ވެސް ރޭގެ ޓީމުގައި މޮރީނިއޯ ނުހިމަނައެވެ. ބަދަލުގައި ޒުވާން ދެ ފޯވާޑުން، ރަޝްފޯޑް އަދި މާޝިއަލް ކުޅެން ނެރުނެވެ.
ދެ ކުޅުންތެރިންނަށް ވެސް ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު ރަނގަޅު ފުރުސަތުތަކެއް ވެސް ޔުނައިޓެޑަށް ތަނަވަސް ނުކުރެވުނެވެ. ނަމަވެސް ބްރައިޓަން ކުޅުންތެރިން ރަނގަޅު ހަމަލާތަކެއް އުފައްދައި، ޔުނައިޓެޑު ކީޕަރު ޑެހެއާ ޓެސްޓުކުރިއެވެ.
ފުރަތަމަ ހާފުގައި ޑެހެއާ ހުށިޔާރު ކަމާއެކު ބްރައިޓަންގެ ނުރައްކާތެރި ދެ ހަމަލާ ދިފާއު ކޮށްފައިވާއިރު ބްރައިޓަންގެ ލަނޑު ފެނިގެން ގޮސްފައިިވަނީ ދެވަނަ ހާފުގައެވެ. އޭރިޔާ ތެރެއިން ޕަސްކަލް ގްރޮސް ބޮލުން ފޮނުވާލި ބޯޅަ ލައިނު މަތިން ޔުނައިޓެޑް ޑިފެންޑަރު މާކޮސް ރޯހޯ ސަލާމަތް ކުރި ނަމަވެސް ގޯލް ލައިން ޓެކްނޮލޮޖީ ބެލިއިރު ރޯހޯއަށް ބޯޅަ ފޮނުވާލެވުނީ ގޯލު ލައިން ހުރަސް ކުރި ފަހުންނެވެ.
ބްރައިޓަންގެ ގޯލަށް ފަހު މޮރީނިއޯ އަރިމަތީ ޑިފެންސަށް ކުޅެމުން އައި ޑާމިއަން އަދި ފެލައިނީ ބޭލުމަށް ފަހު ލޫކް ޝޯ އަދި ލިންގާޑު ކުޅެން ނެރުނެވެ. ނަމަވެސް އިތުރު ލަނޑެއް މެޗުގައި ފެނިގެން ގޮސްފައެއް ނުވެއެވެ.
ލީ