ހަވާއީގެ އަވަށެއްގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން މީހުން ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހަވާއީގެ މީހުން ދިރިއުޅޭ އެންމެ ބޮޑު ރަށުގައި ގޮވުމުގެ ސަބަބުން މިހާރު ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައެވެ. ބައެއް މީހުން ވަނީ ފަރުބަދައިން އަލިފާން ފައިބަމުން ދިޔަތަން ފެނިފައިވާ ކަމަށް ބުނެފައެވެ.
ގިނަ ބިންހެލުންތަކެއް އައުމަށްފަހު ފަރުބަދަ ގޮވަން ފަށާފައިވާއިރު ހަވާއީގެ ސިފައިން އަންނަނީ ފަރުބަދައިގެ އަސަރު ނުކުރާނެ ހިސާބަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ ފަރުބަދަ ގޮވުމަށް މިފަހަރު ދިމާ ވެފައިވަނީ ބިންހެލުންތައް އައުން ކަމަށެވެ. ރެކްޓާ މިންގަނޑުން 5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އެ ސަރަހައްދަށް އައިސްފައިވާއިރު އެއަށްވުރެ ކުޑަ ބިންހެލުންތަކެއް ވެސް ވަނީ ފަރުބަދަ ކައިރިއަށް އައިސްފައެވެ.