Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ދެ ފަނޑިޔާރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު - ފޮޓޯ: ގޫގުލް

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ކުރާ ބައެއް ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލްކޮށްފި އެވެ.

އޭގެ ތެރެއިން އަލީ ހަމީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

އަދި އުއްތަމަ ފަނޑިޔާރަށް ކުރާ ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާގެ އަޑުއެހުމެއް ވެސް މާދަމާ ހެނދުނު 10:00 އަށް ކްރިމިނަލް ކޯޓްގައި ވަނީ ތާވަލްކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިން އޮތީ ފަށައިފަ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި މަޖިލީހުގެ ހަތަރު މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.

އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ރިޝްވަތުގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.