Last Updated: June 12, 02:23
Thursday, June 11, 2026
ކުޅިވަރު

ސްޓޯކް ސިޓީ ޕްރިމިއާ ލީގުން ރެލިގޭޓް ވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ ފުލުން ދެވަނައިގައި އޮތް ސްޓޯކް ސިޓީ ރެލިގޭޓް ވެއްޖެއެވެ.

މިއަދު ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ސްޓޯކް ކުޅުނު މެޗުން ބަލިވެ ރެލިގޭޓު ވެފައިވާއިރު މިސީޒަނުގައި ސްޓޯކަށް ރަނގަޅު ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

ޖުމުލަ 37 މެޗުން އެންމެ 6 މެޗުން މޮޅުވެފައިވާ ސްޓޯކްގެ މެނޭޖަރު ކަމުން މާކް ހިއުގްސް ވަނީ ސީޒަނުގެ މެދު ތެރެއިން ވަކިކޮށްފައެވެ.

މިއަދުގެ މެޗުން ސްޓޯކް ބަލިވެފައިވަނީ މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނިކޮށް، ކްރިސްޓަލް ޕެލެސްއިން ފަހަތުން އަރައި ދެ ލަނޑު ޖަހައިގެނެވެ. ޝަކީރީ ސްޓޯކަށް ލީޑު ނަގާ ދިނީ 43 ވަނަ މިނެޓުގައެވެ.

ޕެލެސްއިން ލަނޑުތައް ޖަހާފައިވަނީ މެޗުގެ ފަހު ހާފުގައެވެ. ޖޭމްސް މެކާތާ 68 ވަނަ މިނެޓުގައި ރޮއި ހޮޑްސަންގެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައިވާއިރު 86 ވަނަ މިނެޓުގައި ތިން ޕޮއިންޓު ހޯދީ ވެން އާންހޮއިޓްއެވެ.