Last Updated: June 12, 02:23
Thursday, June 11, 2026
މުނިފޫހިފިލުވުން

"ސްޓާ ވޯޒް" ގެ ރެކޯޑް "އެވެންޖާސް" މުގުރާލައިފި

ސްޓާ ވޯޒް: ދަ ފޯސް އެވޭކެންސްއިން ހަދާފައިވާ އެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު ހޯދި ރެކޯޑު، މާވެލްގެ އެވެންޖާސް: އިންފިނިޓީ ވާ އިން މުގުރާލައިފިއެވެ.

ސްޓާ ވޯޒް: ދަ ފޯސް އެވޭކެންސް އެޅުވިތާ 12 ދުވަސް ތެރޭ އެއް ބިލިއަން ޑޮލަރު ހޯދައިގެން 2016 ވަނަ އަހަރު ހެދި ރެކޯޑު އެވެންޖާސް އިންފިނިޓީ ވާ މުގުރާލީ 11 ދުވަހުން އެއް ބިލިއަން ޑޮލަރު ހޯދައިގެނެވެ.

މާވެލްގެ އެންމެ ކާމިޔާބު ފިލްމަށް އިންފިނިޓީ ވާ ވެފައިވާއިރު ފިލްމު އެޅުވި ދުވަހު ވެސް 250 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި އުތުރ އެމެރިކާގައި ފިލްމު އަޅުވައިގެން މިހާތަނަށް 369 މިލިއަން ޑޮލަރު ލިބިފައިވާއިރު، ދުނިޔޭގެ އެހެންކަންކޮޅު ތަކުން ޖުމުލަ 969 މިލިއަން ޑޮލަރުގެ އާމްދަނީ އެއް މިފިލްމަށް ލިބިފައިވެއެވެ.

މާވެލްގެ ފުރަތަމަ ފިލްމް ރިލީޒް ކުރިތާ 10 އަހަރު ފަހުން މާވެލް ދުނިޔޭގެ ހުރިހާ ސުޕަހީރޯއިން ބޭނުންކޮށްގެން އުފައްދާފައިވާ އެވެންޖާސް: އިންފިނިޓީ ވާ އަކީ މިހާތަނަށް އުފައްދާފައިނުވާހާ ފުރިހަމަ ފިލްމެކެވެ. އަދި މި ފިލްމަށް މިހާތަނަށް ލިބިފައިނުވާ ވަރުގެ ބޮޑު އާމްދަނީއަކާއި ފައިދާއެއް ލިބޭނެ ކަމަށް ބެލެވެއެވެ.