ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ހާލުކޮޅު މިހާރު ކުރިއަށްވުރެ ރަނގަޅު ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މައުމޫން ހަމީދު މިހެން ވިދާޅުވީ ރައީސް މައުމޫންގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތަށް ފަހު ކުރެއްވި ޓްވީޓެއްގަ އެވެ.
Pres. @maumoonagayoom health is slightly better, Alhamdhulillah. He thanks everyone for their prayers & good wishes.
The doctor has advised him that the risk of a fall is high & he must never be unaccompanied, which is why his family are seeking his transfer to their care.
— Maumoon Hameed (@maanhameed) May 6, 2018
އެ ޓްވީޓްގައި މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫންގެ ހާލުކޮޅު މިހާރު ކުޑަކޮށް ރަނގަޅު ކަމަށާއި އެމަނިކުފާނަށްޓަކައި ހެޔޮ ދުއާ ކުރައްވާ އެންމެހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެހެންނަމަވެސް ވެއްޓިވަޑައިގަތުމުގެ ފުރުސަތު ބޮޑުކަމުން އެމަނިކުފާނު ގިނިކަންޏާ ނުބެހެއްޓުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށާއި، އެހެންކަމުން އެމަނިކުފާނު އާއިލާގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މައުމޫން ހަމީދު އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް މައުމޫނާއި ބައްދަލު ކުރެއްވިތާ ތިން ގަޑިއިރު ވެއްޖެ ކަމަށާއި އެހެންނަމަވެސް އަދިވެސް ޑޮކްޓަރު ދެއްވި ލިޔުން ނުލިބިގެން ހުންނެވީ ދޫނިދޫގައި ކަމަށެވެ.
3 hours after meeting Raees Maumoon, I'm still waiting at Dhoonidhoo for a copy of the doctor's most recent advice.
Custodial officers still have not received @CommissionerMPS approval to give me a copy.
Is it possible the doctor had recommended his immediate transfer home?
— Maumoon Hameed (@maanhameed) May 6, 2018
މައުމޫން ހަމީދު ވަނީ ލިއުން ނުލިބި ލަސްވަނީ އެމަނިކުފާނު ގެއަށް ބަދަލު ކުރަން ލިއުމުގައި ޑޮކްތަރު ލަފާ ދީފައި އޮވެގެންތޯ ސުވާލު ކުރައްވާފައެވެ.
ރައީސް ޔާމީންގެ ބޮޑު ބޭބޭފުޅު، މައުމޫން ހައްޔަރުކޮށް ދައުވާ ކުރަމުންދަނީ ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް އުޅުއްވި ކަމުގެ ތުހުމަތުގައެވެ. އުމުރުފުޅުން 80 އަހަރަށްވުރެ މަތިވެފައިވާ މައުމޫންގެ އާއިލާއިން ގެންދަވަނީ އެމަނިކުފާނުގެ ބަލިހާލުކޮޅު ގޯސްކަމަށް ވިދާޅުވެ އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ގޮވާލަމުންނެވެ.