Last Updated: June 26, 23:59
Thursday, June 26, 2025
ޚަބަރު

މައުމޫނާ އެކު ޖަލުގައި ބަންދުކޮށް ދީ: ނަސްރީނާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލުކޮށްދެވެން ނެތް ނަމަ އެމަނިކުފާން އާއި އެކު ޖަލުގައި ހުންނެވޭނެ ގޮތް ހަމަޖައްސައި ދެއްވުމަށް އަނބިކަބަލުން ނަސްރީނާ އިބްރާހިމް އެދިވަޑައިގެންފިއެވެ.

ނަސްރީނާ މިފަދައިން އެދިވަޑައިގެންފައިވަނީ މިއަދު ފުލުހުންގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުއްވި ސިޓީއެއްގައެވެ. ނަސްރީނާ ވަނީ މައުމޫންގެ ޒަރޫރީކަންކަން ހަމަޖައްސައިދެއްވުމަށް ޖަލަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މިވަގުތު އެކަނި ބޭއްވުމަކީ ނުރައްކާތެރިކަމެއްކަމަށް އެމަނިކުފާން ބެއްލެވި ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ. އެހެންވެ އިއްޔެ އާއި ރޭ ނަސްރީނާ ވަނީ ޖަލަށް ވަޑައިގެން މައުމޫންގެ ބައެއް ކަންކަން ފުރިހަމަކޮށްދެއްވާފައެވެ.