Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

އުއްތަމަ ފަނޑިޔާރަށް މާދަމާ ހުކުމް ކުރަނީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ހުށަހަޅާފައިވާ ގަސްދުގައި ދައުލަތް ހިންގުމަށް ދަތި ކުރުމުގެ ކުށުގެ ދައުވާގެ ހުކުމް އިއްވުމުގެ ޝަރީއަތް މާދާމާއަށް ތާވަލް ކުރާނެކަމަށް ކްރިމިނަލް ކޯޓްގެ ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ލިޔެކިއުން ބަދަލުކުރާ ސިސްޓަމް ޖެމްސް ހުއްޓުވާލި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމަވާލައްވާފައެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ މިދައުވާގެ ޝަރީއަތުގައި، ސިއްރު ހެކިވެރިޔަކު ވަނީ ޖެމްސް ހުއްޓުވުމަށް އުއްތަމަ ފަނޑިޔާރު އެންގެވިކަމަށް ހެކި ބަސްދީފައެވެ.

އެދައުވާ ސާބިތުވެއްޖެ ނަމަ، އެންމެ ބޮޑު މުއްދަތަކަށް ހަތަރު މަހާއި 26 ދުވަހުގެ ޖަލު ހުކުމެއް އުއްތަމަ ފަނޑިޔާރުގެ މައްޗަށް އަންނާނެ އެވެ