މާލެ އާއި ހުޅުމާލެ އާއި ދެމެދު އަޅަމުންދާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކުރުމުގެ ގޮތުން މަޝްވަރާ ކުރެއްވުމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން ޑރ. މުއިއްޒު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބްރިޖު ހުޅުވުމަކީ ވަރަށް ކުލަގަދަ ގޮތެއްގައި ކުރަންޖެހޭކަމެއް ކަމަށާއި އެހެންވެ ދެ ގައުމުގެ އިސްވެރިންގެ މަޝްވަރާ ބޭނުން ކަމަށެވެ.
މިދަތުރުފުޅުގައި ޗައިނާގެ އިސް ފަރާތްތަކާއި އެކު ބައްދަލުކޮށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބްރިޖްގެ މަސައްކަތް ތާވަލާއި އެއްގޮތަށް އަންނަ އޮގަސްޓް މަހު ނިންމާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބްރިޖްގެ މަސައްކަތް ނިމެންވާ އިރަށް ބްރިޖް މާލެއިން ގުޅާލެވޭ ބޮޑުތަކުރުފާން މަގު ފުޅާ ކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.