ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވަމުން އަންނަ އިރު، މިހާރު ދެން އެންމެ ފޯރީގައި ކުރިއަށް ދާނެ ކަމަކީ މާފެހުމެވެ. އޮފީސްތަކާއި ކުންފުނިތަކާއި ރައްޓެހި ގްރޫޕްތަކުން މާހެފުންތަކަށް ދިއުން ކުރިއަށް މި އޮތް ހަފުތާ ތެރޭގައި އިތުރުވެގެން ދާނެ އެވެ.
އެހެންވެ މި ފަހަރު ހިތަދޫ ފާސްޓް ފުޑް ރެސްޓޯރަންޓުން މިއޮތީ މާހެފުމަށް ހާއްސަ ދެ މެނޫއެއް ކަސްޓަމަރުންނަށް ދޫކޮށްލައިފަ އެވެ.
މެނޫ އެކަކުން ބޮލަކަށް ޗާޖް ކުރާނީ 100ރ. އެވެ. މެނޫ ދޭކުން ބޮލަކަށް ނަގާނީ 70ރ. އެވެ. އެހެންވެ ވީހާ އަވަހަކަށް މާހެފުމަށް އޯޑަރު ދޭންވީ އެވެ. މާ ލަސްކޮށްލަން އުޅެފި ނަމަ، ޖާގައެއް ހޯދަން ދަތި ވެދާނެ އެވެ.
އަނެއްކޮޅުން ފާސްޓް ފުޑުން މި ދުވަސްކޮޅު ބޮޑު ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދާތީ، މިއީ އޭގައި ވެސް ބައިވެރިލަން ލިބޭނެ ރަނުގެ ފުރުސަަތަކަށް ވާނެ އެވެ.
އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ގަދަ ތިން ނަސީބުވެރިންނަށް ހުށަހަޅާފައިވާ އިނާމްތަކަށް ބަލާ އިރު އެއް ވަނަ އަށް ހުށަހަޅާފައި ވަނީ ދެ މީހަކަށް ދުބާއީ ދެކޮޅު ޓިކެޓެވެ. އަދި ޓްރެވެލް އިންޝޫރަންސްގެ ގޮތުގައި އެއް ވަނަ ހޮވޭ ފަރާތަކަށް ސޮލެރެލް އިން ވަނީ 750،000ރ. ގެ އިންޝޫރަންސް ހުށަހަޅައިފަ އެވެ.
ދެވަނަ ނަސީބުވެރިއަކަށް އީ-ހަބުން އެސް 9 އެއް ހުށަހަޅާފައިވާ އިރު، ތިން ވަނަ ސިލްވަ ރޯޒް އިން ވަނީ 15،000ރ. ގެ އަގުހުރި ބަދިގެ ސާމާނު ހުށަހަޅައިފި އެވެ.
ގަދަ ތިން ނަސީބުވެރިންގެ އިތުރުން، އިތުރު ފަރާތްތަކަށް ވެސް އިނާމް ލިބޭނެ އެވެ. އެގޮތުން ހަތަރު ވަނަ އަށް ފާހާނާ ސެޓެއް، ފަސް ވަނަ އަށް ވަން ބްރޭންޑްގެ ފެން އަދި ހަ ވަނަ އަށް ވަނީ 2000ރ. ގިފްޓް ހެމްޕާ ހުށަހަޅައިފަ އެވެ.