Last Updated: April 19, 22:45
Saturday, April 20, 2024
ވިޔަފާރި

އުރީދޫގެ އާ ޕޯސްޓްޕެއިޑް "ވަރަށް ތަފާތު"

އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ލިބިގެންދާ ގިނަގުނަ ތަފާތު ފައިދާތައް ދައްކުވައިދޭ ޚާއްޞަ ކެމްޕެއިންއެއް އެކުންފުނިން ފަށައިފިއެވެ.

އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކާއި އެކު، ހެޔޮ އަގުތަކުގައި، މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދާ ކަމަށާއި މިގޮތުން، އުރީދޫ ޕޯސްޕެއިޑް ކަސްޓަމަރުންނަށް، މުޅި ރާއްޖޭގައި ބޭނުންކުރެވޭ ހަމައެކަނި 4G+ ނެޓްވާރކްގައި ބޭނުންކުރުމަށް، އަންލިމިޓެޑް ކޯލް، އެސްއެމްއެސް އަދި ޑޭޓާވެސް ލިބިގެންދެއެވެ.

އަދި އުރީދޫގެ އައު ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުންކުރައްވާ ބޭފުޅުންނަށް، އެންމެ މަގްބޫލު ސްމާޓްފޯނުތައް ޚިޔާރުކުރުމަށް ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް އޮފަރ ތަކެއް ވަނީީ ހުޅުވާލެވިފައެވެ. މީގެ ތެރޭގައި އެންމެ ފަހުގެ ސްމާޓްފޯނުތަކުން ފެށިގެންގޮސް، މަހަކު އެންމެ 100ރ. އަށް ބައްލަވައިގަނެވޭ އަގުހެޔޮ ސްމާޓްފޯނުތައްވެސް ހިމެނެއެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ކްލަބް ޕްރިމިއަރ މެދުވެރިކޮށްވެސް ވަރަށް ޚާއްޞަ، އަދި ފައިދާތަކުން ފުރިގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދޭއިރު މީގެތެރޭގައި:
• ލައިފް އިންޝުއަރެންސް: މުޅިން އަލަށް ތައާރަފްކޮށްފައިވާ މި ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް މިމަސްތެރޭގައި ގެނެސްދިނުމަށް، އެލައިޑް އިންޝިއުރަންސް އާއި އެކު އުރީދޫ އިން ދަނީ ވަރަށް ގާތުން މަސައްކަތްކުރަމުން.

• ޕްރައޯރިޓީ ޕާސް މެމްބަރޝިޕް: ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ 1000 އަށް ވުރެ ގިނަ އެއާޕޯޓު ލައުޖުތަކަށް އެކްސެސް މުޅިން ހިލޭ ލިބިގެންދޭ
• ކްލަބް ޕްރިމިއާ ލައުންޖުގެ ޚިދުމަތާއި ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްސަ ހެލްޕްލައިން އެއްގެ އިތުރުން އުރީދޫގެ ޕްރޮމޯޝަންތައް އަދި ޚިދުމަތްތަކުން، ވަކިން ޚާއްޞަ އޮފަރތައް ހިމެނެއެވެ.

އެކުންފުނިން އަލަށް ފެށި މިކެމްޕެއިނާއި ގުޅިގެން އުރީދޫގެ މެނޭޖަރ ޕޯސްޓްޕެއިޑް ބިޒްނަސް، ދިޔާނާ އަފީފް ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ ކަސްޓަމަރުންނަށް ޚިދުމަތް ބޭނުންކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށާއި އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ރާއްޖޭގައި އެންމެ ފުރިހަމަ ޕެކޭޖްތައް ކަމަށެވެ.

އަދި މިޕެކޭޖްތަކަކީ އެންމެހާ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭނެފަދައިން ތައްޔާރުކުރެވިފައިވާ، އަންލިމިޓެޑްކޮށް ގުޅާ އަދި އެސްއެމްއެސްކޮށްލެވޭ އަދި އެންމެ ބޮޑު ޑޭޓާ އެލަވެންސްތައް ހިމެނޭނެ ޕެކޭޖްތަކަށްވާއިރު މިޕެކޭޖްތައް ނެންގެވުމުން އެތަކެއް އިތުރު ފައިދާތަކެއް އެކުލެވިގެންވާ ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

"އޭގެ ތެރޭގައި އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ކަސްޓަމަރުންނަށް ލިބުން، ޕެކޭޖް ނެންގެވުމުން ލައިފް އިންޝުއަރެންސް ލިބުން، އަދި ރާއްޖޭގެ މަޤްބޫލް އައުޓްލެޓްތަކާއި އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ވަރަށް ފުރިހަމަ ޑިސްކައުންޓްތައް ލިބުން ފަދަ ގިނަ ފައިދާތަކެއް ހިމެނޭ." ދިޔާނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އުރީދޫން ވަނީ އައްޑޫ ފުވައްމުލަކު ކަސްޓަމަރުންނަށް "ވަރަށް ތަފާތު" ޕޯސްޓް ޕެއިޑް ޕެކޭޖެއް ތައާރަފްކޮށްފައެވެ. އައްޑޫ އަދި ފުވައްމުލަކު ކަސްޓަމަރުން ޖޫން 26 ގެ ކުރިން ޕޯސްޓްޕެއިޑް ކިޓެއް ނަގައިފިނަމަ 20 ޕަސެންޓް ޑިސްކައުންޓާއި އެކު ޖީއެން ސައިކަލެއް ލިބުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.