Last Updated: April 24, 11:09
Wednesday, April 24, 2024
ވިޔަފާރި

ދިރާގު ޓީވީ ކުޑަހުވަދު އަށް ތަޢާރަފްކޮށްފި

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް އަ ދ. ކުޑަހުވަދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ދިރާގުން ފޯރުކޮށްދޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓް ގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްގެ ދަށުން، 2018 ވަނަ އަހަރުގެ މިހާތަނަށް 17 ރަށަކަށް ވަނީ މި ހިދުމަތްތައް ތަޢާރަފް ކޮށްފައިއެވެ.

މި ދެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން މި ރަށުގައިވެސް ދިރާގުން ބޭއްވި ހަފުލާތަކަށް ވަޑައިގެންނެވި ކަސްޓަމަރުންގެ މެދުގައި ވަނީ ލަކީ ޑްރޯއެއް ބާއްވާ, ގުރުއަތުން ހޮވުނު އެއް ފަރާތަކަށް 55 އިންޗްގެ ޓީވީ އަކާއި އަދި 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ދީފައިއެވެ. މީގެ އިތުރުން ގުރުއަތުން ހޮވުނު އިތުރު 4 ފަރާތަކަށް ވެސް 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަންވަނީ ދީފައިއެވެ.

އަދި މީގެ އިތުރުން މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ގަދަ 6 އަކަށް ހޮވުނު ޝަހުދާންގެ ލަވަ ހުށައެޅުންވެސް ވަނީ ފެނިގެންގޮސްފައިއެވެ.

މި ދެ ހިދުމަތް ތައަރަފްކޮށްދިނުމުގެ ގޮތުން މި ރަށުގައިވަނީ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ލިބޭނެ ކަމަށް އެކުންފުނިން މައުލޫމާތުދިނެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދ. ކުޑަހުވަދޫގައި މިގާއިމު ކުރި ފައިބަރގެ ހިދުމަތް މެދުވެރިކޮށް ދިރާގުޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަރަދުކުޑަކޮށް ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. މިގޮތުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ ޕެކެޖްގެ އަގަކީ 300 ރުފިޔާއެވެ.

ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވިޔަސް ދިރާގު ޓީވީ ބަލާކަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގުމުގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) އަސަރެއްނުކުރާނެއެވެ. ދިރާގު ޓީވީމެދުވެރިކޮށް އެންމެ ފަހުގެ ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނެލްތައް ބަލާލެވޭނެއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 42 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބެއެވެ.