Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސެލްގެ އަގު ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކުރާ ގޮތަށް އެ ކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ، 7 މެއި 2018 ވަނަ ދުވަހުން ފެށިގެން، އެކުންފުނިން ވިއްކާ ޑީސަލް އާއި ޕެޓްރޯލް ލީޓަރަކުން 31 ލާރި ބޮޑުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެސްޓީއޯ އިން ޑީސަލް ލީޓަރެއް ވިއްކާނީ 10.72 ލާރި އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.42 ލާރި އަށެވެ.

އެސްޓީއޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތެލުގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި އޭގެ އަގު އުފުލެމުން ދާތީ ކަމަށެވެ.

މިއީ މި އަހަރުގެ ތެރޭގައި އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައި ތިން ވަނަ ފަހަރެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ބަދަލެއްގެ ގޮތުން ޖެނުއަރީގައި ޑީސަލް ލިޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 54 ލާރި ބޮޑުކުރި އެވެ. ނަމަވެސް ފަހުން، މާޗު މަހުގެ ތެރޭގައި ވަނީ ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ހެޔޮކޮށްފަ އެވެ.