Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ވިލާގެ މާލޭ ޕެޓްރޯލް ޝެޑް ބަންދުކޮށްފި

ވިލާ ޕެޓްރޯލް ޝެޑް ބަންދުކޮށްފައި - ފޮޓޯ: މިހާރު

މާލޭގައި ހިންގާ ވިލާ ކުންފުނީގެ ހަމައެކަނި ޕެޓްރޯލް ޝެޑް ބަންދުކޮށްފިއެވެ.

ވިލާ ޕެޓްރޯލް ޝެޑްތައް ހިންގާ ވިލާ ހަކަތައިގެ އޮފިޝަލަކާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ޕެޓްރޯލް ޝެޑް އިއްޔެ ބަންދުކުރީ ސަރުކާރުން އަންގައިގެން ކަމަށާއި އެ ތަން ބަންދުކުރަން ހައެއްކަ މަސް ކުރިން ނޯޓިސް ދީފައިވާ ކަމަށެވެ.

ޕެޓްރޯލް ޝެޑް އިއްުޔެ ބަންދުކުރުމަށްފަހު މިއަދު އެތަން ރޫޅާލުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން އެހެން ޕެޓްރޯލް ޝެޑެއް ހަދަން އިންޑަސްޓްރިއަލް ވިލެޖުން ވިލާ ކުންފުންޏަށް ބިމެއް ދީފައިވާ ކަމަށާއި އެ ބިމުގައި ޕެޓްރޯލް ޝެޑް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލާ އިން މާލޭގައި ހިންގާ ޕެޓްރޯލް ޝެޑު ބަންދުކުރި އިރު، އެ ކުންފުނިން ހުޅުމާލޭގައި ވެސް ޕެޓްރޯލް ޝެޑެއް ހިންގަ އެވެ.