Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ސިފައިންގެ އާއިލީ ހަވީރެއް އައްޑޫގައި ބާއްވަނީ

ސިފައިންގެ 126 ވަނަ އަހަރާ ދުވަހާ ގުޅުވައިގެން އެމްއެންޑީއެފް ސަދަން އޭރިއާ، އައްޑޫގައި ސިފައިންގެ އާއިލީ ހަވީރެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މި އާއިލީ ހަވީރު ބާއްވާނީ މަރަދޫ ކުޑަކުދިންގެ ޕާކްގައި މި މަހުގެ 11 އާއި 12 ވަނަ ދުވަހުގެ ހަވީރު 4:00-6:00 އަށެވެ.

އާއިލީ ހަވީރުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު އެކި ކުޅިވަރުތަކާއި ސްޓޭޖް ހަރަކާތްތަކުގެ އިތުރުން ބައެއް އަސްކަރީ ސްޓޯލްތަކާއި ރެޕަލް ކުރުމާއި، ވޯލް ކްލައިންބިން، ޓްރެވާސް އަދި އޮބްސްޓިކަލް ރޭހާއި ފޭސް ޕެއިންޓް ކުރުމުގެ ފުރުސަތު މި އާއިލީ ހަވީރުގައި ކުޑަކުދިންނަށް ލިބިގެންދާނެ އެވެ.

މީގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ސްޓޯލަކާއި އެމްއެންޑީއެފް ކޯސްޓްގާޑްގެ ބައެއް އުޅަނދުތައް ދައްކާލުމާއި ނެވިގޭޝަން ޗާޓް ވޯކް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް މި އާއިލީ ހަވީރުގައި ލިބިގެން ދާނެ އެވެ. އަދި ރާއްޖޭގެ ސަޤާފީ ބައެއް ހަރަކާތްތައް ދައްކައިލުމުގެ ގޮތުން ސަޤާފީ ސްޓޯލަކާއި މެޑިކަލް ސްޓޯލެއްގެ އިތުރުން އެއާ ރައިފަލް ޝޫޓް ކުރުމުގެ ފުރުޞަތު ވެސް އާއިލީ ހަވީރުގައި ލިބިގެން ދާނެ ކަމަަށް އެމްއެންޑީއެފުން ބުންޏެވެ.