ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކުރީގެ ކަމިޝްނާ އޮފް ޕޮލިސް ހުސެއިން ވަހީދު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރައްވައިފިއެވެ.
މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނާއިފް ޝައުކަތު ވަނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަށް ބަދަލު ކުރައްވާފައެވެ.
ނަމަވެސް މި ބަދަލު ކުރެއްވުންތައް ރައީސް އޮފީހުން އަދި ހާމަކުރައްވާފައި ނުވެއެވެ.