Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ރިޔާސީ ޕްރައިމަރީގައި ވާދައެއް ނުކުރަން: ޝާހިދު

މިމަހު 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރައްވާނެކަމަށް މަޖްލިސްގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާްއިރާގެ މެމްބަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދު އާއި އެކު ނަގާފައިވާ ފޮޓޯއަކާއި އެކު ކުރެއްވި ޓްވީޓެއްގައެވެ. ޝާހިދު ވިދާޅުވީ އެމަނިކުފާން ޕްރައިމަރީގައި ވާދަ ނުކުރައްވައި ތާއިދު ކުރައްވަނީ ރައީސް ނަޝީދަށް ކަމަށެވެ.

ޝާހިދަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަފާނެކަމަށް އަޑު ފެތުރުނު ބޭފުޅެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށިފައިވާއިރު އަދި މިހާތަނަށް ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ މިހާރުވެސް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ނަޝީދުވަނީ ކެމްޕެއިން މެނޭޖަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް ހަމަޖައްސަވާފައެވެ.