Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

އުމަރުގެ ރިޔާސީ ވައުދުތައް، އަޑު އަހާލަމާ

މިއީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަ ކުރަން ނިންމަވާފައިވާތީ، ރިޔާސީ ވައުދުތަކާ ބެހޭ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދައްކަވާފައި ހުރި ވާހަކަތެކެވެ.

މައިގަނޑު ގޮތަކަށް މީގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހި ކަމަސް ހަރުދަނާ ހައްލުތަކެއް ހޯދައި ދޭނެ ވާހަކަ އެވެ.

އުމަރަކީ މީގެ ކުރިން ވެސް ރިޔާސީ އިންތިހާބަށް ވާދަ ކުރެއްވި ބޭފުޅެކެވެ.

ކުރިން ވެސް އިންތިހާބަށް ވާދަކޮށް ފެއިލްވެފައި ވިޔަސް އުމަރަކީ، ރާއްޖޭގެ ސިޔާސީ މާހައުލު އޮތް ގޮތުން ބަޔަކަށް ހަމަ ރަނގަޅި "ޗޮއިސްއަކަށް" ވެދާނެ އެވެ. ރައްޔިތުން ވޯޓް ދޭނީ ވަރުގަދަ މެނިފެސްޓޯއެއް ހުށަހަޅާ ކެންޑިޑޭޓަކަކަށެވެ. އުމަރަކީ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ މީހަކަށް ވިޔަސް، އޭނާ އިންތިހާބަށް ކުތިމަތިލައްވަނީ އަމިއްލަ ގޮތުން ކަމަށް ގަބޫލު ކުރެވެ އެވެ.