ހިތަދޫ މެދު ދާއިރާގައި ޕިކްނިކަށް ދެވޭ ގޮތަށާ ޕާޓީތަކާއި ބާބަކިއު ހެދޭނެ ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް އިދްރީސް ޓްރޭޑިންއާ މިއަދު ހަވާލުކޮށްފި އެވެ.
އެ ކުންފުންޏާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
ނަމަވެސް އިދްރީސްއާ މަސައްކަތް ހަވާލު ކުރީ ކިހާ ދުވަހެއްގެ ތެރޭގައި ނިންމަން ކަމާއި މިކަމަށް ހަރަދު ވާނެ ވަރެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ.
އައްޑޫގެ އަވަށްތަކުގައި ޕިކްނާއި ބާބަކިއު އަދި ޕާޓީ ބޭއްވޭނެ އޭރިއާތަކެއް ވަސީލަތްތަކާ އެކު ގާއިމު ކުރަން އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.
އަދި ހިތަދޫ މެދު ދާއިރާއަކީ ކުންފުންޏަކާ ހަވާލު ކުރެވުނު މިފަަދަ ފުރަތަމަ މަސައްކަތެވެ.