Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ވަކީލަކު ހަމަޖައްސަން ޔުމްނާއަށް އިތުރު ފުރުސަތެއް ނުދިން

މެއި 7، 2018: ޕޮލިހަށް ވަޑައިގަތުމަށް ފަހު ޔުމްނާ މައުމޫން، އެމްއެމްއޭ ސަރަހައްދުގައި މަޑުކޮށްލައިގެން. - މުހައްމަދު ޝަރުހާން / ރާއްޖެ އެމްވީ

ރައީސް ޔާމީންގެ ސަރުކާރު ރިޝްވަތުދީގެން ވައްޓާލުމަށް އުޅުމުގެ ތުހުމަތުކޮށްފައިވާ ރައީސް މައުމޫންގެ ދަރިކަބަލުން ޔުމްނާ މައުމޫން ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދުމުން އެފުރުސަތު ފުލުހުން ނުދިން ކަމަށް ޔުމްނާ ވިދާޅުވެއްޖެއެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލަކާއި އެކު މިއަދު 4:30އަށް ފުލުހަށް ހާޒިރުވާން އެންގި ނަމަވެސް އާއިލާގެ ތިން ބޭފުޅަކު މިވަގުތުވެސް ހައްޔަރުގައި ތިއްބެވުމާއި ގުޅިގެން ވަކީލުން ބުރަކޮށް އުޅުއްވާތީ އިތުރު ފަސް ދުވަސް ބޭނުންވެގެން އެދުމުން އެފުރުސަތު ދެވެން ނެތްކަމަށް އަންގާފައިވާ ކަމަށެވެ.

ޔުމްނާ އިއްޔެ ފުލުހަށް ހާޒިރުކޮށް ދޫކޮށްލާފައިވަނީ ވަކީލެއްގެ އެހީތެރިކަން ބޭނުންފުޅުކަމަށް އެދުމާއި ގުޅިގެން މިއަދު ވަކީލަކާއި އެކުވަޑައިގަތުމަށް ޗިޓު ހަވާލުކޮށްފައެވެ.

ޔުމްނާގެ މައްޗަށް ސަރުކާރު ވައްޓާލުމަށް އުޅުއްވިކަމަށް ތުހުމަތު ކުރާއިރު އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އާއި ފިރިކަލުން މުހައްމަދު ނަދީމް އާއި ކޮކޯފުޅު އަހުމަދު ފާރިސް ވަނީ ހަމަ އެއްތުހުމަތެއްގައި ހައްޔަރުކޮށްފައެވެ.