Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ނަޝީދަށް ޕްރައިމަރީގައި ވެސް ވާދަ ނުކުރެވޭނެ: އަޒްލީން

ހޯމް މިނިސްޓަރ އަޒްލީން އަހުމަދު، ފޮޓޯ: ރާއްޖެއެމްވީ

ރާއްޖޭގެ ގާނޫނު އަސާސީއާއި އެއްގޮތަށް ބާއްވާ އެއްވެސް ޕްރައިމަރީއެއްގައި، މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެއްވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް އަޒްލީން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނަޝީދަކީ ޖަލަށް ހުކުމް ކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށާއި، އެހެންވެ އެއްވެސް ޕްރައިމަރީއެއްގައި ވާދަ ނުކުރެވޭނެކަމަށެވެ.

އަޒްލީން ވިދާޅުވީ އެމްޑީޕީން ރައީސް ނަޝީދު ޕްރައިމަރީގައި ނިކުންނަވަނީ އެޕާޓީގެ ޕްރައިމަރީގައި ބައިވެރިވާނެ އިތުރު އެހެން މީހަކު ނެތުމުން ކަމަށާއި، އެޕާޓީން ނަޝީދު ނެރުމަކީ "ފޫނެއް ފަޔަށް ފެންފުރުން" ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހަކަށް މިމަހުގެ 30 ވަނަ ދުވަހު ކަނޑައަޅައި ޕްރައިމަރީ ކެމްޕެއިން މިހާތަނަށް ފައްޓަވާފައިވަނީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދުއެވެ.

"ޖަޒީރާ ރައީސް" ނަމުގައި ކެމްޕެއިންގެ ހަރަކާތް ފެއްޓުމުގެ ގޮތުން ކޮޅުބުގައި ހުންނަވައިގެން ނަޝީދު މަސައްކަތް ކުރައްވަމުން އަންނަ އިރު އަޒްލީން ވިދާޅުވީ އިއްތިހާދުގެ ކެންޑިޑޭޓަކީ ނަޝީދުކަން އެނގިލައްވާ ކަމަށެވެ.