Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

މިއަދު ވެސް މައުމޫންގެ ޝަރީއަތް ކެންސަލް

މައުމޫން ކޯޓަށް ހާޒިރު ކުރުމަށް ގެންނަނީ - ފޮޓޯ: މިހާރު (ހުސައިން ވަހީދު)

މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު ހެނދުނު 10 ޖަހާއިރު ފެށުމަށް ތާވަލް ކުރި އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައި ނުވެއެވެ.

ސިއްހީ ހާލުކޮޅު ހުރިގޮތުން އިއްޔެ ބާއްވަން ތާވަލް ކުރި އަޑުއެހުންވެސް ވަނީ ކެންސަލްކޮށްފައެވެ.

މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަަޖިލީހުގެ ހަތަރު މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ.