Last Updated: June 13, 20:58
Saturday, June 13, 2026
ވިޔަފާރި

އުރީދޫގެ ސުޕަނެޓް ބްރޯޑްބޭންޑް އޭދަފުއްޓަށް

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އޭދަފުށީގައި ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އީޓީފޮޓޯ/ތޯރިގް

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ބ. އޭދަފުށީގައި ތައާރަފްކޮށްފި އެވެ.

މުވާސަލާތީ ހިދްމަތް ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ދެމުން އަންނަ އުރީދޫން ބުނީ ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އޭދަފުށިން އުރީދޫ ސުޕަނެޓްގެ ޚިދުމަތް ނަގާ މީހުންނަށް އެއް އަހަރު ދުވަހަށް، މަހު ފީން 30 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ރަށުން ސުޕަނެޓްގެ ޚިދުމަތް ނަގާ މީހުންގެ އަތުން އެކްޓިވޭޝަން ފީ އާއި ޑިޕޮސިޓެއް ވެސް ނުނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

“ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ޚިދުމަތާއި އެކު، އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދޭ އެތަކެއް ބައިނަލްއަޤްވާމީ ވަސީލަތްތަކާއި އާންމުން ގުޅުވާދެވޭ. އެހެންކަމުން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެން ނުހަނު އަޙަމިއްޔަތުކަންދޭ ކަމެއް. މި މަސައްކަތުގެ ދަށުން، އޭދަފުއްޓަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

އޭދަފުއްޓަށް ސުޕަނެޓްގެ ޚިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗާ ޕާޓްނަރަކީ އޭދަފުށި ކޭބަލް ނެޓްވާކް އެވެ