Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

ސައުދާއި ހަނީފްގެ ޓެރަރިޒަމް ޝަރީއަތް މިއަދު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ސައުދު އާއި ގާތް ގުޅުމެއް އޮންނަ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

މިއަަދު މެންދުރު 1 ޖަހާއިރު ފަށާ މި ޝަރީއަތަކީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާއެކެވެ.

ސައުދު ވިދާޅުވީ އެބޭފުޅާގެ މައްޗަށް ދައުވާކޮށްފައިވަނީ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާތީ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއިން ފްރޭމްކޮށް، ތަހުޤީޤްކޮށް، ނުހައްޤު ދައުވާއާއި ޝަރީއަތާއި، ޖަލު ގޮޅި ދެކެ ބިރު ނުގަންނަ ކަމަށާއި، ބިރުވެތިވަނީ ﷲ އަށް ކަމަށް ސައުދު ވިދާޅުވި އެވެ.

ސައުދާއި، ހަނީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެެއްޖެނަމަ، ކޮންމެ މީހަކަށް 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.