މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލަށް ބޭނުން ކުރަމުން ދިޔަ ފޯކް ލިފްޓެއް ދަށުވެ މަޖޫރީއެއްގެ ފައި ވަރަށް ބޮޑަށް ޗިސްވެއްޖެއެވެ.
މިއަދު 11:55 ހާއިރު ހިނގި މިހާދިސާގައި ޗިސްވެފައިވަނީ މަޖޫރީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ދިވެއްސެކެވެ. އޭނާއަކީ ރ. ކަނދޮޅުދޫއަށް ނިސްބަތްވާ މީހެކެވެ. ފަޔެވެ. އޭނާގެ ކަނާއަތު ފައިގެ ކުޑަ ހުޅާއި ހަމައަށް ވަނީ ޗިސްވެފައިވާ އިރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހްގީގު ކުރަން ފަށާފައިވާ އިރު އެއްވެސް ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.