ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް، މ.ވޭވަށް، ބުލްބުލާގެ އަލްފާޟިލް މުޙައްމަދު ޝަކީލް މިއަދު ޢައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ޝަކީލް ކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމުގައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވި ގޮތުގައި ޝަކީލު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވަނީ އޭނާ އީސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ޝަކީލު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އިރު އެ ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން އިސްތިއުފާ ދެއްވުމަށްފަހު މިހާރު ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްގެ މަޤާމަށް އައްޔަންކޮށްފައެވެ.
އެއަށްފަހު އީސީގެ މެމްބަރު ކަމަށާއި ރައީސް ކަމަށް ދެން އައްޔަންކޮށްފައި ވަނީ އަހުމަދު ޝަރީފެވެ.