Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އުމަރު ޖޭޕީން ވަކިވެއްޖެ

އުމަރު ނަސީރު - ފޮޓޯ: ވީނިއުސް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތީ، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނުލިބުމާއި ގުޅިގެން މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރުމަށެވެ.

އުމަރު ނަސީރު ޖޭޕީއާއި ގުޅިވަޑައިގަތީވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯދުމަށެވެ. އޭރު އުމަރު ނަސީރު ވިދާޅުވެފައިވަނީ ޤާސިމް އިބްރާހިމަށް ވާދަނުކުރެވޭ ޙާލަތެއްގައި އެ ޕާޓީގެ ޓިކެޓު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އުމަރު ނަސީރު ވަނީ އޭނާގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށައި ރިޔާސީ ވައުދުތައްވެސް އިއުލާންކުރަން ފައްޓަވައިފަ އެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ވައުދެއްގެ ގޮތުން އުމަރު ވެވަޑައިގެންފައިވަނީ އަގު ހެޔޮކޮށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންނެވި ވައުދު އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.

އިދިކޮޅު ޕާޓީތަކުން ބުނީ ރައީސް ޔާމީނާ ވާދަ ކުރެއްވުމަށް އެއް ކެނޑިޑޭޓަކު ނެރޭނެ ކަމަށާއި ވަގުތު ޖެހުމުން އެ ކެންޑިޑޭޓް ދައްކާނެ ކަމަށެވެ.