Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

ނަދީމަށް ސްޕެޝަލް ޕްރޮޓެކްޝަން ދޭން އެދިއްޖެ

ޔުމްނާ މައުމޫން އާއި ފިރިކަލުން މުހައްމަދު ނަދީމް - ފޮޓޯ: މިއަދު ނޫސް

ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމަށް ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައި ދިނުމަށް އޭނާގެ އަނބިކަނބަލުން ޔުމްނާ މައުމޫން މިއަދު އެދިވަޑައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އަށް އެޑްރެސްކޮށް ޔުމްނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ނަދީމަކީ މި ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަންކަން ކުރައްވާފައިވާ ފަރާތެއް ކަމަށާއި ވަޒީފާގެ ހައިރާކީއާ ދަރަޖައަށް ބަލާއިރު އެއީ ސްޓޭޓް މިނިސްޓަރުގެ ދަރަޖައިގެ ވަޒީފާއެއް ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގައި ދަށުން ޖަލުގައި ބަންދުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުނިތަކުގެ އިސްވެރިއެއްގެ ޙައިސިއްޔަތުން މަސައްކަތްކުރައްވާފައިވާ ބައެއް ބޭފުޅުންނަށް ކަރެކްޝަނަލް ސަރވިސްގެ "ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭކަމަށް ކަނޑައަޅާ ޤައިދީންނާމެދު ޢަމަލުކުރަންވީ ގޮތުގެ އުޞޫލު"ގެ ދަށުން ސްޕެޝަލް ޕްރޮޓެކްޝަން ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ޔުމްނާ އެދިވަޑައިގަތީ އެކަމަނާގެ ފިރިމީހާ އަށް ސްޕެޝަލް ޕްރޮޓެކްޝަން ލެބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށެވެ.

ނަދީމުގެ މައްޗަށް ކުރަމުންދަނީ ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އެވެ.