މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލަށް ބޭނުން ކުރަމުން ދިޔަ ފޯކް ލިފްޓެއް ދަށުވެ ޗިސްވި މަޖޫރީގެ ފައި އޮޕަރޭޝަންކޮށް ބުރިކޮށްލައިފިއެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކާއި ހަވާލާދީ ވަގުތު ނޫހުގައި ބުނެފައިވާ ގޮތުން ފައި ޗިސްވި މީހާގެ ފައިގެ ކަކުލު ހުޅުން ކުޑަ ތަންކޮޅެއް ތިރިން ބުރިކޮށްލާފައިވާ ކަމަށެވެ.
ރ. ކަނދޮޅުދޫއަށް ނިސްބަތްވާ 44 އަހަރުގެ އެމީހާގެ ފައި މައްޗަށް ފޯކްލިފްޓު އަރައި ވަނީ ވަރަށް ބޮޑަށް ޗިސްވެފައެވެ. މިއަދު 11:55 ހާއިރު ހިނގި މިހާދިސާ ފުލުހުން ތަހްގީގު ކުރަމުން އަންނައިރު އަދި އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.