Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ސިއްޙީ-އިޖުތިމާއީ ޚިދުމަތްތެރިންނަށް ތަމްރީނެއް

މިނސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިން އޮން ސާވިސް ޕްރޮވިޝަންސް ފޯ ދަ އެލްޑަލީ އެންޑް ވިކްޓިމްސް އޮފް އެބިޔުސް" އައްޑޫސިޓީގައި ކުރިއަށްގެންގޮސްފިއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމް ހާއްސަކޮށްފައިވަނީ އައްޑޫ ސިޓީގައި މަސައްކަތް ކުރާ އިޖްތިމާއި އަދި ސިއްހީ ދާއިރާގެ ބޭފުޅުންނަށެވެ.

ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ހިންގި ޕްރޮގްރާމްގައި ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތެރިންގެ 14 ފަރާތެއް ބައިވެރިވިއިރު މިޕްރޮގްރާމްގައި ވަނީ ރާއްޖޭގައި ގެވެށި އަނިޔާގެ ހާލަތު މިހާރު އޮތް ގޮތާއި ، އަނިޔާ ދެނެގަންނާނެ ގޮތާއި ރިޕޯޓް ކުރާނެ ގޮތްތަކާއި، މިފަދަ ކަންކަމުގައި މުއާމަލާތް ކުރާނެ ގޮތްތަކާއި އަދިވެސް ކަމާއި ގުޅޭ އެހެނިހެން ތަމްރީންތަށް ބައިވެރިންނަށް ވަނީ ދީފައެވެ.

އައްޑޫ ހައިސްކޫލްގައި މިޕްރޮގްރާމް ނިންމުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ލީޝާ މުޙައްމަދު ވިދާޅުވީ އަނިޔާ ލިބޭފަރާތްތަކަށާއި، އުމުރުން ދުވަސްވީ މީހުނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސސައްކަތް އެންމެ ފުރިހަމަގޮތުގައި ކުރެވޭނީ ކަމާއި ބެހޭ ހުރިހާ އިދާރާތަކެއް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.