Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

އެމްއައިބީގެ "ފައިސާ މޮބައިލް" އެޕް ތައާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މޯބައިލް ބޭންކިން އެޕްލިކޭޝަން ތަޢާރަފުކޮށްފި އެވެ.

މި އެޕް ތަޢާރަފުކޮށް ދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރުއެވެ.

އެމްއައިބީގެ އެޕްލިކޭޝަން ތަޢާރަފު ކުރީ "ފައިސާ މޮބައިލް" ގެ ނަމުގަ އެވެ. މި އެޕުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައިއެކައުންޓު ބެލެންސާއި ތަފްސީލު ބަލައިލުމުގެ އިތުރުން ފައިސާ ފޮނުވުން ފަދަ ހިދުމަތްތައް ހިމެނެ އެވެ.

އެމްއައިބީ އިން ތަޢާރަފު ކުރި ފައިސާ މޮބައިލް އެޕަކީ 100 ޕަސެންޓް ދިވެހި އުފެއްދުންތެރިން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕް ގޫގްލް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.