Last Updated: June 13, 20:58
Saturday, June 13, 2026
ދުނިޔެ

މަހާތީރު ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި

މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އިންތިހާބްވެވަޑައިގެންނެވި ޑރ. މަހާތީރު ބިން މުހައްމަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ބުދަ ދުވަހު ބޭއްވި އާއްމު އިންތިހާބު މަހާތީރު ކާމިޔާބު ކުރެއްވި މިހާރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ބޮޑު ތަފާތަކުން ބަލި ކުރައްވައިގެންނެވެ.

މީގެ ކުރިން 22 އަހަރު މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވި މަހާތީރު އަލުން އިންތިހާބު ވެވަޑައިގެންފައިވަނީ ނަޖީބު ރައްޒާގުގެ ކަރަޕްޝަން ގައުމުގައި އާއްމުވުމާއި ގުޅިގެން އިދިކިޅު ފަރާތްތައް ގުޅިގެން ނިކުމެ ކެމްޕެއިން ކުރައްވައިގެންނެވެ.

މެލޭޝިއާގެ ރަސްގެފާނު ސުލްތާން މުހައްމަދު ފަސް ވަނައިގެ ގަނޑުވަރު އިސްތާނާ ނިގަރާގައި މެެލޭޝިއާ ގަޑިން މިރޭ 9:00 ގައި ފެށި ރަސްމިއްޔާތެއްގައި މަހާތީރު ހުވާކުރެއްވިއިރު އެމަނިކުފާނަކީ މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ ދޮށީ އިންތިހާބީ ލީޑަރެވެ.