އައިރަނާސްގެ ފަރާތުން އިންތިޒާމްކޮށްގެން އަންނަ ޖޫން މަހު ބާއްވާ އައްޑޫ ސިޓީ މެރެތަންގެ ޕާޓްނަރުންނާއެކެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އިކުއެޓަރ ވިލެޖުގައި ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ އިވެންޓްގެ ހޯސްޓިން ޕާރޓްނަރގެ ގޮތުގައި ސޮއިކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލްއެވެ.

އެކޮމޮޑޭޝަން ޕާޓްނާ އަކީ އިކުއެޓަރ ވިލެޖެވެ. މިއިވެންޓްގެ ބްރޯންޒް ސްޕޮންސަރ އަކީ ޝެންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕަރއެވެ.ޑިޖިޓަލް ޕާޓްނަރގެ ގޮތުގައި އުރީދޫ މޯލްޑިވްސްއެވެ.
ބޭންކިންގް ޕާޓްނާ އަކީ ދިވެހިންގެ ބޭންކު ބޭންކް އޮފް މޯލްވްސްއެވެ. އޯޑިއޯ ވިޝުއަލް ޕާޓްނަރ އަކަށް އޮބްޖެކްޓް ޕްރައިވެޓް ލިމިޓެޑް ހަމަޖެއްސި އިރު ޗެރިޓީ ޕާޓްނާ އަކީ ޓައިނީ ހާރޓް އޮފް މޯލްޑިވްސްއެވެ. އައްޑޫ މެރަތަންގެ މީޑިއާ ޕާޓްނާ އަކީ އައްޑޫލައިވް އެވެ.

ޖޫންމަހުގެ 29 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިއިވެންޓްގެ އެކްސްޕޯ (ރޭސް ކިޓް ހަވާލުކުރުން) ކުރިއަށްދާނީ އިކުއެޓަރ ވިލެޖްގައި ޖޫން 27 އަދި 28 ވަނަ ދުވަހުގައެވެ.
ޖުމްލަ 7 ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މިއިވެންގަ ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައިވާއިރު ހިމެނޭ ކެޓަގަރީތަކަކީ ފުލް މެރެތަން، ހާފް މެރެތަން، 10 ކިލޯމީޓަރ، 5 ކިލޯމީޓަރ، ކިޑްސްމައިލް 3.2 ކިލޯމީޓަރ، ކިޑްސްމައިލް 1.6 ކިލޯމީޓަރ ދުވުން އަދި އުމުރުން ދުވަސްވީ ބޭފުޅުންނަށް ހާއްސަކޮށްގެން ބާއްވާ "ސީނިއަރސް ޕަވަރ ވޯކް" ކެޓެގަރީއެވެ.
މިފަހަރުގެ އިވެންޓް ކުރިއަށްދާނީ ފުލް މެރެތަން، ހާފް މެރެތަން، 10 ކިލޯމީޓަރ އަދި 5 ކިލޯމީޓަރ ދުވުމުން ވަނަ ހާސިލް ކުރާ ފަރާތްތަކަށް ފައިސާގެ އިނާމް ހުށަހެޅޭގޮތަށެވެ.
އައްޑޫ މެރެތަންއަށް ރެޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން އައްޑޫ މެރެތަން ގެ ރެޖިސްޓްރޭޝަން ޕޭޖަށް ވަޑައިގެން އޮންލައިންކޮށް ރަޖިސްޓަރ ވުމުގެ ކަންތައްތައް ކުރިއަށްގެންދެވޭނެއެވެ.