ވިލާ ގޭހުން ވެސް 10 ކިލޯގެ ގޭސްފުޅިން 50 ރުފިޔާ ހެޔޮކުރުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ހިންގާ މި ޕްރޮމޯޝަން ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި އެ ކުންފުނިން ވިއްކާ 10 ކިލޯގެ ގޭސް ފުޅިއަކުން 50ރ. ހެޔޮކޮށް، 10 ކިލޯގެ ގޭސްފުޅިއެއް 150ރ. އަށް ލިބޭނެ އެވެ.
އަދި ވިލާ ގޭހުން ގޭސް ގަންނަ ފަރާތްތަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށްވެސް ވިލާ ގޭހުން ބުނެ އެވެ.
ވިލާ ގޭހުން ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭގެ ގޭބިސީ ތަކަށް ވިލާ ގޭސް އެކްސްޕްރެސްގެ ހިދުމަތް ވެސް ފަށާފަ އެވެ.
ވިލާ ގޭހުން އެކްސްޕްރެސްގެ ޚިދުމަތް ފެށީ ހެނދުނު 11:00 އާއި އިރުއޮއްސި 6:00 އާ ދެމެދު ގޭސް ފޯރުކޮށް ނުދެވޭތީ އެގަޑިތަކުގައި މީހުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެދުނު 11:00 އިން އިރުއޮއްސި 6:00 އަށް ވިލާ ގޭސް އެކްސްޕްރެސްގެ ޚިދުމަތް އެކުންފުނިން ދެމުން ގެންދާނެ ކަމަށް ވިލާ ގޭހުން ބުންޏެވެ.
ވިލާ ގޭހުން ބުނީ މިހިދުމަތާ އެކު ވިލާއިން ގޭސް ވިއްކާ އަގަަށް ބަދަލު ގެންނަން ނިންމާފައި ނުވާ ކަމަށާއި އެހެންނަމަވެސް އެކްސްޕްރެސްގެ ހިދުމަތައް ފީގެ ގޮތުގައި 30 ރުފިޔާ ޗާޖު ކުރާނެ ކަމަށެވެ.