Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ޖަލުގައި ތިބެން ޖެހެނީ ޖަލު ހެދިފައި ހުރީމަ: ޔާމީން

މީހަކު ޖަލުގައި ހުންނަން ޖެހެނީ ޖަލު ހެދިފައި ހުރީމައި ކަމަށް ޔާމީން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ޕީޕީއެމްގެ "ހެސްކިޔާފަ" ޖަލްސާގައި ޖަލުތަކުގައި ބައެއް ބޭފުޅުން ތިއްބަވާތީ ސުވާލުތައް ކުރިމަތިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުީ، “ސަމާސާ” އަކަށް ހަދާފަ ވިދާޅުވާން ޖެހޭނަމަ ވިދާޅުވާން ޖެހޭނީ ޖަލުތަކުގައި މީހުން ތިބެނީ ޖަލުތައް ހެދިފައި ހުރުމުން ކަމަށެވެ.

“ސަމާސާއަކަށް ހަދާފަ ދަންނަވަންޔާ ދަންނަވަން ޖެހޭނީ، ޖަލުތަކުގައި މީހުން ތިބެނީ އެ ޖަލުތައް ހެދިފަ ހުރީމަ އޭ” ރައީސް ޔާމީން ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ރައީސް ޔާމީން އިޝާރާތް ކުރައްވީ އެމަނިކުފާނުގެ ވެރިކަމުގެ ކުރި މުއްދަތެއްގައި އެތައް ލީޑަރުންނަށް ޖަލަށް ލައްވައި އަދި ހުކުް ކުރަމުން ގެންދާތީ އެކަމާޢި ގުޅިގެން ކުރިމަތިވާ ސުވާލުތަކަށެވެ.