Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ނަޝީދު ސްކައިޕުން ރައްޔިތުންނާ ބައްދަލު ކުރަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ އެކި ވަގުތުތަކުގައި ރާއްޖޭގެ އެކި ރަށް ރަށަށް ސްކައިޕް މެދުވެރިކޮށް ގުޅުއްވައި، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވައިފިއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 8 ރަށަކަށް ގުޅުއްވާނެ ކަމަށާއި ރައްޔިތުން ސްކައިޕް ކޯލުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ އެމަނިކުފާނުގެ އެދުމެއް ކަމަށެވެ.

ނަޝީދު ގުޅުއްވުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީގެ މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫ ހިމެނެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ނެރޭ އެއް ކެންޑިޑޭޓު ނެރުމުގެ ކުރިން ޕާޓީތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނަޝީދު ވަނީ ނިންމަވާފައެވެ.