އިންޑިޔާ އަސްކަރިއްޔާއިން ދިވެހި ސިފައިންނާ ގުޅިގެން ޕެޓްރޯލް ހަރަކާތެއް ހިންގުމަށް އިންޑިޔާއިން މަނަވަރެއް ރާއްޖެ ފޮނުވައިފިއެވެ.
އިންޑިޔާ އަސްކަރިއްޔާއާ ހަވާލާދީ އިންޑިޔާ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މިމަނަވަރު ރާއްޖެ އައިސްފައިވަނީ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ޕެޓްރޯލް ކުރުމުގެ ހަރަކާތެއް ދިވެހި ސިފައިންނާ ގުޅިގެން ހިންގުމަށް ކަމަށެވެ.
މިއަދު ފެށޭ މި ޕެޓްރޯލް ޕްރޮގްރާމު އަންގާރަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. މަނަވަރު ރާއްޖެ އައުމުން ދިވެހި ސިފައިން މަނަވަރަށް އެރުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިޔާ މަނަވަރު އީއީޒެޑް ޕެޓްރޯލް ކުރުމަށް އައިސްފައިވަނީ އީއީޒެޑް ޕެޓްރޯލް ކުރުމަށް ޕާކިސްތާނާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއް ވެސް ގާއިމް ކޮށްފައިވަނިކޮށެވެ. މިކަމާ ގުޅިގެން ޕާކިސްތާނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.