Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ތިން ވަނަ މޯލްޑިވިއަން އައިޑޮލްއަކަށް އަޒަލް

މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ޓައިޓްލް ފޭދޫ ޒުވާން ލަވަ ކިއުންތެރިޔާ އާއިޝަތު އަޒަލް އަލީ ޒާހިރު އުފުލާލައިފި އެވެ.

އަޒަލް ޓައިޓްލް ގެންދިޔައީ މުބާރާތުގެ ގަދަ ތިނެއްގައި ހިމެނުނު އައްޑޫ މަރަދޫ ސައިނާ މުހައްމަދު ރަޝީދާއި މަރިޔަމް މައީޝާ އާއި ވާދަކޮށްގެންނެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއް މިފަހަރު ކުރިއަށް ގެންދިޔައީ ގަދަ ފަހަކަށް ދަތުރު ކުރި ފަސް ބައިވެރިންނާއި އެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޝޯގެ ޕާޕޯމެންސާ އެކު އެވެ. އެ ރޭގެ ބައިވެރިން ހުށަހަޅައި ދިން ހުށަހެޅުންތަކަށް ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހަން ދެން އެސްއެމްއެސް ފޮނުވޭ ގޮތަށް ހަމަ ޖައްސާފައިވާ އިރު ގަދަ ތިނެއްގައި ނުހިމެނި ކެޓީ ތަސްނީމް އަބްދުލް ކަރީމް އަދި ނައުޝާދު އަބްދުލް ލަތީފެވެ.

ގްރޭންޑް ފިނާލޭ ކުރިއަށް ގެންގޮސްފަ އިވަނީ ފޯރިގަދަ ހުށަހެޅުންތަކާ އެކުގަ އެވެ.

މުބާރާތް ކާމިޔާބު ކުރި އަޒަލް ވަނީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއް އަދި ދޭއެއްގެ އޮޑިޝަނުން ކަޓައިގެން ގޮސްފަ އެވެ. ނަމަވެސް އަޒަލް ވަނީ ތިން ވަނަ އައިޑޮލްގެ މަގާމު ހުއްޓުމެއް ނެތި ކުރި މަސައްކަތުން ކާމިޔާބުކޮށްފަ އެވެ.

އަޒަލްގެ ކާމިޔާބީ އަށް އައްޑޫލައިވް ޓީމުގެ ފަރާތުން ހޫނު މަރުހަބާއެއް ރައްދު ކުރަމެވެ.