ގިނަ ދުވަސްތަކެއް ވަންދެން މެންޗެސްޓާ ޔުނައިޓެޑުގެ މިހާރުގެ މެނޭޖަރ، ޖޯސޭ މޮރީނިއޯގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމު އަދާކުރި ރުއި ފާރިއާ މިސީޒަން ނިމުމުން މޮރީނިއޯ އާއި މެންޗެސްޓާ ޔުނައިޓެޑު ދޫކޮށް ދިއުމަށް ނިންމައިފިއެވެ.
މޮރީނިއޯ އޭނާގެ ސީނިއާ ކޯޗިން ކެރިއަރު މީގެ 17 އަހަރު ކުރިން ފެށުނީއްސުރެ ފާރިއާ ވަނީ މޮރީނިއޯގެ ދެވަނަ ކޮމާންޑަރުގެ މަގާމު އަދާކޮށްފައެވެ. މޮރީނިއޯ ވަނީ ފާރިއާ ކޮށްދިން ޚިދުމަތުގެ އަގު ވަޒަންކޮށް، އޭނާއަށް ކާމިޔާބީއަށް އެދޭ ކަމަށް ބުނެފައެވެ.
"އެންމެ ފަހުން މޮޅު ދަރިވަރު ކިޔެވުން ނިންމައި ކާމިޔާބު މެނޭޖަރެއްގެ މަގާމަށް މިސްރާބު ޖަހައިފި. އަހަރެން އެދެނީ ކާމިޔާބީއަށް" މޮރީނިއޯ ބުނެފައިވެއެވެ.
މެނޭޖަރެއްގެ ރޯލުން ރުއި ފާރިއާ ފެނުން އެކަށީގެންވާއިރު މޮރީނިއޯ ވަނީ އާސެނަލްގެ ކޯޗު ކަމުން 22 އަހަރު ފަހުން ވެންގާ ވަކިވެފައިވާތީ އާސެނަލްގެ މެނޭޖަރު ކަމަށް ފާރިއާ ރަނގަޅު ވާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
ނަމަވެސް އޭނާ ބުނެފައިވަނީ މިވަގުތު ބޭނުންވަނީ އާއިލާއެކުގައި ހުރުމަށް ކަމަށާއި ކޯޗުކަމާމެދު އަދި ވިސްނަމުން ނުދާ ކަމަށެވެ.