Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އެމްޑީޕީގެ ޕްރައިމަރީގައި 4 ގައުމަކަށް ވޯޓް ފޮށި

އެމްޑީޕީ ޕްރައިމަރީގައި ހުޅުމީދޫގައި ވޯޓު ލަނީ؛ ފޮޓޯ: އަލީ މުހައްމަދު

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ ޕްރައިމަރީ މިފަހަރުވެސް ރާއްޖޭގެ ހުރިހާ ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައިވެސް ބާއްވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ އިތުރުން ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލޮމްބޯ އާއި ކެންޑީގަ އާއި އިންޑިޔާގެ ޓްރިވެންޑްރަމް އާއި ބެންގަލޫރުގައެވެ. އަވަށްޓެރި ދެ ގައުމުގެ މި ހަތަރު ސިޓީއަކީވެސް ގިނަ އަދަދެއްގެ ދިވެހިން އުޅޭ ސިޓީތަކެކެވެ.

އިންޑިޔާއާ ލަންކާގެ އިތުރުން ދިވެހި ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ މެލޭޝިޔާގެ ކުއަލަލަމްޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަނުގައިވެސް ވޯޓު ފޮށްޓެއް ބަހައްޓާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ޕްރައިމަރީގެ މަސައްކަތްތައް ފަށާފައިވާއިރު ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި ކެމްޕޭނުވެސް ފައްޓަވާފައެވެ.