Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ބީއެމްއެލްގެ ހިއްސާއަކަށް 22ރ. ބަހަން ނިންމައިފި

ބީއެމްއެލްގެ 2018 ވަނަ އަހަރުގެ އާންމު ޖަލްސާ

ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 22 ރުފިޔާ ބަހަން ނިންމައިފިއެވެ.

ރޭ ހޮޓެލް ޖެންގައި ކުރިއަށްދިޔަ އބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ތާއިދާއެކު ބޭންކުގެ ހިއްސާއަކަށް 22 ރުފިޔާ ބަހަން ފާސްކުރިއިރު ހިއްސާގެ ފައިދާ ގޮތުގައި 118.4 މިލިއަން ރުފިޔާ ބަހަން ރޭގެ ޖަލްސާގައި ނިންމާފައެވެ.

މިއީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާއަށްވުރެ 10 ޕަސެންޓް ބޮޑު އަދި ރެކޯޑް އަދަދެކެވެ.

ބީ.އެމް.އެލްގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ސަރުކާރުގައި ކަމުން ހިއްސާގެ ފައިދާގެ ގޮތުން 378 މިލިއަން ރުފިޔާ ސަރުކާރުގެ ހިއްސާއަށް ލިބިގެންދާނެއެވެ.

ބީއެމްއެލްގެ މާލީ ރިޕޯޓު ދައްކާ ގޮތުން ވޭތުވެދިޔަ ހަތަރު އަހަރު އެބޭންކުގެ އާމްދަނީވަނީ ދެގުނަ އިތުރުވެފައެވެ. އަދި ހިއްސާގެ އަގަށް ވޭދުވެދިޔަ ހަތަރުއަހަރު 240 ޕަސެންޓް ކުރިއެރުމަށް އައިސްފައިވައި ވާއިރު އުދެއްދުންތެރި ނޫން ލޯންގެ އަދަދު 20.3 ޕަސެންޓްއިން 4.1 ޕަސެންޓަށް ވަނީ ކުޑަ ކުރވިފައެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު ވެސް 15 ޕަސެންޓް އިތުރުވެފައިވައިވާއިރު މިދިޔަ އަހަރުގެ ނިޔަލަށް 15 ބިލިއަން ރުފިޔާ ވަނީ ޑިޕޮސިޓް ކޮށްފައެވެ. އަދި ވޭތެވެދިޔަ 4 އަހަރު ހިއްސާގެ ފައިދާއާއި ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އެބޭންކުންވަނީ ސަރުކާރަށް ދައްކާފައެވެ.

ރޭގެ ޖަލްސާގައިވަނީ ކުރިއަށް އޮތް އަހަރަށް އެކުންފުނީގެ ބޯޑުވެސް އެކުލަވާލާފައެވެ.