Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

ޝީޝާ ރޯދަ ޕްރޮމޯޝަން ފަށައިފި

ހިތަދޫގައި ހުންނަ ޝީޝާ ފިހާރަ

ރާއްޖޭގައި ހޮންޑާ ބްރޭންޑްގެ ސައިކަލް އޮތޮރައިޒްކޮށް ޑިސްޓްރިބިއުޓްކުރާ ހަމައެކަނި ކުންފުނި "ޝީޝާ"އިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ސައިކަލް ތާސްޓްގެ މި އަހަރު ޕްރޮމޯޝަން ފަށައިފިއެވެ.

މި ހިނގާ މެއި މަހުގެ 12 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ސައިކަލަކުން ވަރަށް ޙާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނިން ވިއްކާ ކޮންމެ ސައިކަލަކުން ގާތްގަނޑަކަށް 5000 ރުފިޔާ އާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށެވެ.

ޝީޝާ އިން ބުނީ އިންސްޓޯލްމެންޓަށާއި މޯލްޑިވްްސް އިސްލާމިކް ބޭންކް އަދި އެމްއެފްއެލްސީގެ ދަށުން ސައިކަލް ނަގާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.

އަދި މި ޕްރޮމޯޝަންގެ ތެެރެއިން ބައެއް ސެލެކްޓެޑް ސައިކަލުތަކުން ޑައުންމޭންޓަަށް އެއްވެސް ފައިސާއެއް ނުދައްކާ ގޮތަށް ސައިކަލް ނެގޭނެ ކަމަށާއި އެ ސައިކަލްތަކުގެ ޑައުންޕޭމަންޓަށް އެ ސައިކަލުގެ އަގުގެ 10% ދައްކާ ފަރާތްތަކުން އިންސްޓޯލްމެންޓް ޗާޖުގެ ގޮތުގައި ނަގާނީ %1 ކަމަށެވެ.

މި ޕްރޮމޯޝަން ޝީޝާގެ މާލެ، އައްޑޫ، ކުޅުދުއްފުށި، އަދި ހުޅުމާލޭގެ އައުޓްލެޓްތަކުގައި ކުރިއަށްދާނެއެވެ.